07-09 2020 00:36
wrote:
އިޚްލާޞްތެރި ތަޢުޒިޔާ
ޖުމްހޫރީ ޕާޓީ ކައުންސިލްގެ ޢިއްޒަތްތެރި މެމްބަރ އަދި މަތިވެރި ދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެމްބަރު އަލްއަޚް ޙުސައިން މުޙަންމަދު (ހުސެންބެ) މި ފަނާވަނިވި ދުނިޔެއާ ވަކިވެވަޑައިގަތުގެ ހިތާމަވެރި ޚަބަރު އެހީ ފުން އަސަރާއި ހިތާމައާއެކުގައެވެ. އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީއަށް ވަރަށް އިޚްލާޞްތެރި އެހާމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. ކައުންސިލްގައި ކުރެވޭ މުހިންމު ބަހުސްތަކުގައި ހަމަ ހިފަހައްޓަވާދެއްވާ, ވަރަށް ނާޒުކު ދަނޑިވަޅުތަކުގައި ޚިޔާލްތަފާތުވުންތައް ހަމައަކަށް އަޅުއްވައިދެއްވާ ހުރިހާ ބޭފުޅުންނާވެސް ގުޅޭ ވަރަށް ސާބިތު އިތުބާރު ހިފޭ ބޭފުޅެކެވެ. އަދި އެއީ ވަރަށް ޒިންމާދާރު އެހާމެ ކުޅަދާނަ ޕާލަމެންޓޭރިއަނެކެވެ. ރާއްޖޭގެ މީޑިއާގެ ދާއިރާގައި ވަރަށް ފުންނާބުއުސް, އަގުހުރި ޚިދުމަތްތަކެއް ކުރެއްވި, ނޫސްވެރިކަމުގެ ދާއިރާގައި ޚާއްޞަކޮށް ދުނިޔޭގެ ޚަބަރުތައް ދިރާސާކުރެއްވުމުގައި ކުޅަދާނަ އެހާމެ ތަޖުރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނުގެ ވަކިވެ ވަޑައިގަތުމަކީ ޖޭޕީގެ ކައުންސިލަށް ލިބުނު ފޫނުބެއްދޭވަރުގެ ފަޅުކަމެކެވެ. އަދި ރާއްޖޭގެ ނޫސްވެރިންގެ ޢާއިލާއަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. ކީރިތި الله މަރްހޫމް ޙުސައިން މުޙަންމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ޖަޒާ ދެއްވާށިއެވެ. އަދި އެމަނިކުފާނުގެ ޢާއިލާއާއި ގާތް ބޭފުޅުންނަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން