ِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ޙުސައިން މުޙައްމަދަކީ ބްރޯޑްކާސްޓިންގ ދާއިރާގައި އަޅުގަނޑަށް ވަރަށް ގިނަ ކަންކަން އުނގަންނައިދެއްވި، މިދާއިރާގައި އަޅުގަނޑުގެ ބައްޕައެއް ފަދަ ބޭފުޅެއް. ރާއްޖޭގެ ޓީވީ ބްރޯޑްކާސްޓިންގ ގައި މިއަދާހަމައަށް ހިފަހައްޓަމުން އައިސްފައިވާ ވަރަށް ގިނަ މިންގަނޑުތަކާއި އުޞޫލުތައް ތަޢާރަފްކޮށްދެއްވި މޭސްތިރިޔާ. މުވައްޒަފުންގެ އަޚްލާޤަށާއި މަސައްކަތުގައި ސީރިއަސް ވުމަށް ހަރުކަށިކަމާއެކު ބާރުއެޅުއްވި ވެރިއެއް. ޒަމާނީ ޓީވީ ބްރޯޑްކާސްޓިންގ ބައްޓަންވަމުން އައި އިރު އެކަމަށް އެންމެ ބޮޑަށް ހިތްވަރު ދެއްވާ، މަގުދައްކަވައިދެއްވި ކުޅަދާނަ ބްރޯޑްކާސްޓަރެއް. ޕްރޮގްރާމް ހުށަހެޅުއްވުމާއި ޕްރޮގްރާމް އުފެއްދުމުގައި ވެސް ބައިވެރިވެލެއްވި ވެރިއެއް.
ސްކްރިޕޓް ލިޔުއްވުމާއި ތަރުޖަމާކުރެއްވުމުގައި އެހާ އަވަސް ބޭފުޅަކު އަޅުގަނޑު ނުދެކެން. ސުނާމީ ކާރިސާގެ ކަވަރޭޖާއި ބޮސްނިއާ އެޕީލް ފަދަ އެތައް ޓެލެތޯނެއް ބޭއްވުމުގައި މުވައްޒަފުންގެ ފަހަތުގައި ހުންނެވި އަޅުގަނޑުމެން އެންމެން ވަރަށް ލޯބިވާ ވެރިއެއް. ދިވެހި ތާރީޚާއި ސަގާފަތާ، ދިވެހި ބަހާއި އަދަބިއްޔާތުގެ ޕްރޮގްރާމްތަކާއި ޑޮކިޔުމެންޓަރީތައް އުފެއްދުމަށް ބާރުއަޅުއްވާާ، ޤައުމިއްޔަތު ދިރުވުމަށް އަބަދުވެސް ހިތްވަރުދެއްވި ވެރިއެއް.
ޙުސައިން މުޙައްމަދު އަވަހާރަވި ޚަބަރުން އަޅުގަނޑަށް ވަރަށް އަސަރުކޮށްފި. ވަރަށް ދެރަވެއްޖެ. އަޅުގަނޑުގެ ބްރޯޑްކާސްޓިންގ ހަޔާތުގައި އެންމެ ގިނަކަންކަން ބުނެދެއްވާ މަގުދައްކަވައިދެއްވީ ޙުސައިން. ޓީވީއެމް އިން ޙުސައިން ވަކިވެ ވަޑައިގަތުމަށްފަހު ވެސް، ބްރޯޑްކާސްޓިންގ އާ ގުޅޭ އެކި ކަންކަމުގައި އަޅުގަނޑަށް ގުޅުއްވާ ޚިޔާލާއި މަޝްވަރާ ދެއްވި.
މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާ ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން